Last Updated: August 21, 05:55
Thursday, August 21, 2025
ޚަބަރު

ރައީސް ނަޝީދުގެ ވަކީލަކަށް ވަޅިން ހަމަލާދީފި

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އަލްއުސްތާޛް މަހެފޫޒް ސައީދަށް ވަޅިން ހަމަލާދީފިއެވެ.

އޭނާއަށް ހަމަލާދީފައި ވަނީ ފިހާރައެއްގެ ކައިރީގައި ހުއްޓާ މިއަދު ހަވީރު 5:20 އެހާކަށް ހާއިރެވެ.

މަންޒަރު ދުށް މީހަކާއި ހަވާލާދީ ބައެއް މީޑިޔާތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި މަހްފޫޒަށް ވަޅިން ހަމަލާދިނީ ގްރޫޕަކުން ކަމަށާއި މަހްފޫޒްގެ ބޮލަށް ވަޅި ހަރައި ވަރަށް ބޮޑަށް ޒަހަމްކޮށްލާފައިވާ ކަމަށެވެ. އަދި މެހްފޫޒް ހޮސްޕިޓަލަށް ގެންދިޔައީ ޕިކަޕަކަށް ލައިގެން ކަމަށް ވެސް ބުނެފައިވެއެވެ.

ވަޅިން ހަމަލާދިނުމުން ޒަޚަމްވެފައިވާ މަހުފޫޒު މިހާރު ވަނީ ސާޖަރީއެއް ކުރުމަށް އޮޕަރޭޝަން ތިއޭޓާރަށް ވައްދާފައެވެ.

އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ވިދާޅުވި ގޮތުގައި މަހްފޫޒްގެ ހާލަތާ ބެހޭ ގޮތުން އެއްޗެއް ބުނަން އެނގޭނީ އޮޕަރޭޝަނަށް ފަހުގައި ކަމަށެވެ.