Last Updated: July 25, 13:53
Saturday, July 25, 2026
ޚަބަރު

ބަނގުރާ ގެންގުޅުނު ބިދޭސީއަކު ޑީޕޯޓް ކުރަނީ

ގަވާއިދާ ހިލާފަށް ބަނގުރާ ގެންގުޅެ ބޭނުންކޮށް އެތަކެތީގެ ވިޔަފާރިކުރި ބިދޭސީއަކު ހައްޔަރުކޮށް، ޑީޕޯޓްކުރަން އިމިގްރޭޝަނާ ހަވާލުކޮށްފި އެވެ.

އެ މައްސަލައިގައި މި މަހުގެ 5 ގައި ފުލުހުން ހައްޔަރުކުރީ ބަންގްލަދޭޝް އަށް ނިސްބަތްވާ ސޮފިޤުލް އިސްލާމް، 44، އެވެ.

ފުލުހުން އޭނަ ހައްޔަރުކުރީ ކައުންޓަ-ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓު ގުޅިގެން ހިންގި އޮޕަރޭޝަނުގައި މާލޭ މަގުމަތިން ހުއްޓުވައި ބަލައިފާސްކޮށް ދިރިއުޅޭ ތަން ވެސް ގެ ބަލައިފާސްކޮށް ބަނގުރާ ފެނުމާ ގުޅިގެންނެވެ.

އެގޮތުން 18 ފުޅި ބަނގުރާ އިސްލާމްގެ އަތުން ފެނިފައިވެ އެވެ.