އެމެރިކާގެ ރިޔާސީ ގަނޑުވަރު، ވައިޓް ހައުސްގެ ކައިރީގައި ހަތިޔާރު ހިފައިންގެން އުޅުނު މީހަކަށް ސީކްރެޓް ސާވިސް އިން ހަމަލާދީ އޭނަ އެތަނުގެ ބެލުމުގެ ދަށަށްގެންގޮސްފި އެވެ.
އެ ހާދިސާއާ ގުޅިގެން ސީކްރެޓް ސާވިސްގެ ތަރުޖަމާނު އެންތަނީ ގަގްލިއެލްމީ ވައިޓް ހައުސްގެ ކައިރީގައި ހަތިޔާރާ އެކު އުޅުނު ފިރިހެން މީހާ ޖާނުންފިދާވުމުގެ ހަމަލާއެެއް ދޭން އުޅޭކަމުގެ ރިޕޯޓަކާ ގުޅިގެން އެކަން ސަމާލު ކަމަށް އައިސް ހިންގި ކުއްލި އޮޕަރޭޝަނެއްގައި އޭނަ އަތުލައިތީ ސީކްރެޓް ސާވިސްގެ އޮފިސަރުންތަކަކާ ކުރިމަތިލުންޔަކެއް ވެސް ހިނގުމަށް ފަހު ކަމަށް ވިދާޅުވި އެވެ.
އަދި އެ މީހާ އަކީ އިންޑިއާނާ އިން ވޮޝިންޓަނަށް ދަތުރުކޮށްފައިވާ މީހެއް ކަމަށް ވެސް ތަރުޖަމާނު ވިދާޅުވި އެވެ. އޭނަ ވިދާޅުވި ގޮތުގައި އެ މީހާ ފެނުނީ މުވައްޒަފުންތަކެއް ކާރުތަކެއް ޕާކްކޮށްފައި އޮތް ސަރަހައްދުގައި ހަރަކާތްތެރިވަމުން ދަނިކޮށް ކަމަށެވެ.
ނަމަވެސް އެ މީހާގެ ވަނަވަރެއް ހާމައެެއް ނުކުރެ އެވެ. އޭނަ އަށް މި ވަގުތު އޮތީ ހޮސްޕިޓަލްގައި ފަރުވާ ދެމުން އަންނަ އިރު، އޭނަ އަށް ލިބުނު ގެއްލުމުގެ ތަފުސީލެއް ވެސް ހާމައެއް ނުކުރެ އެވެ.
މި ހާދިސާ މިހާރު އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.