Last Updated: June 9, 06:10
Tuesday, June 9, 2026
ޚަބަރު

ސީއެސްސީގެ ނައިބު ރައީސް ވަކި ކުރަނީ

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ ނައިބު ރައީސް، އިބްރާހިމް ރަޝީދު މަގާމުން ވަކި ކުރުމުގެ މަރުހަލާ ފެށުމަށް އެ މައްސަލަ ތަޅުމަށް ފޮނުވުމަށް ރައްޔިތުންގެ މަޖިލީހުހެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.

އޭނަ މަގާމުން ވަކިކުރުމުގެ މަރުހަލާ ފަށަން އެ ކޮމިޓީން ފާސްކުރީ މިއަދު އޮތް ބައްދަލުވުމުގަ އެވެ.

ރަޝީދު ވަކިކުރާ ސީދާ ސަބަބެއް ސާފެއް ނުވެ އެވެ.

އެކަމަމު އެނގިފައޮވާ ގޮތުގައި އޭނަ ވަކި ކުރަން ފާސްކުރީ ހުޅުދޫ ދާއިރާގެ މެންބަރު، މުހައްމަދު ޝާހިދު (ޝާޑު) އެ ކޮމިޓީއަށް ހުށަހެޅުއްވި ސިޓީއަކާ ގުޅިގެން ކަމަށެވެ. ނަމަވެސް އޭގައި ފާހަގަކޮށްފައި ހުރީ ކޮންކޮން މައްސަލަތަކެއް ކަމެއް ނޭނގެ އެވެ.

މިދިޔަ އަހަރުގެ ތެރޭގައި ސީއެސްސީގެ ރައީސް މުހައްމަދު ނާސިހު ވެސް މަގާމުން ވަކިކުރުމުގެ މައްސަލައެއް ހުށަހެޅި އެވެ. ނަމަވެސް ތަޅުމުގައި ނިންމީ އޭނަ މަގާމުގައި ބެހެއްޓުމަށެވެ.