Last Updated: June 8, 21:45
Monday, June 8, 2026
ޚަބަރު

ގޭސްފުޅިއެއް ވަގަށް ނެގި މީހަކު ހައްޔަރަށް

މާލޭގައި ގޭސްފުޅިއެއް ވަގަށް ނެގި މީހަކު ހައްޔަރުކޮށްފި އެވެ.

އެ މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ ގއ. ކޮލަމާފުށި، ވެށި، އަހްމަދު ޝިފާޒު، 36، އެވެ.

އޭނަގެ ބަންދަށް 15 ދުވަސް ވެސް ޖަހާފައިވާ އިރު، ބަންދު އަމުރުގައިވާ ގޮތުން ޝިފާޒަކީ މީގެ ކުރިން ވެސް އެކި މައްސަލަތަކުގައި ހައްޔަރުކޮށްފައިވާ މީހެކެވެ.

ބަންދު އަމުރުން އެނގޭ ގޮތުގައި އޭނަ ގޭސްފުޅި ވަގަށް ނަގައިގެން ގެންދިޔައީ މާލޭގެ މަގެއްގެ ޕޭވްމަންޓްމަތީ ގޭސްފުޅި ހުއްޓަ އެވެ.