Last Updated: July 15, 18:06
Wednesday, July 15, 2026
ޚަބަރު

ބޭނުންކުރެވޭ ރިޒާވް 179 މިލިއަން ޑޮލަރަށް

ބޭނުންކުރެވޭ ރިޒާވްގެ ގޮތުގައި ހުރި ފައިސާގެ އަދަދު 179 މިލިއަން ޑޮލަރަށް އަރާފަައިވާ ކަމަށް މަރުކަޒީ ބޭންކުގެ ހިސާބުތަކުން ދައްކައިފި އެވެ.

އެމްއެމްއޭ އިން މިއަދު އާންމުކުރި ހިސާބުތަކުގައިވާ ގޮތުން ބޭނުންކުރެވޭ ރިޒާވްގެ އަދަދު ވަނީ މިދިޔަ ޖެނުއަރީ މަހަށް ވުރެ 63 މިލިއަން ރުފިޔާ އިތުރުވެފަ އެވެ. ޖެނުއަރީ މަހު ޔޫޒަބަލް ރިޒާވް ހުރީ 116 މިލިއަން ޑޮލަރުގަ އެވެ.

އަދި ފެބްރުއަރީ ނިޔަލަށް ރަސްމީ ރިޒާވްގެ ގޮތުގައި ހުރީ 832.1 މިލިއަން ޑޮލަރު ކަމަށްވެސް ތަފާސް ހިސާބުތަކުން ދައްކަ އެވެ.

ދައުލަތުގެ ރަސްމީ ރިޒާވް އަދި ބޭނުން ކުރެވޭ ރިޒާވަށް ކުރިއެރުން އައިސްފައިވާއިރު، ރާއްޖެއަށް ވަންނަ ޑޮލަރު، ރާއްޖޭގެ ބޭންކުތައް މެދުވެރިކޮށް މާރުކުރަން މަޖުބޫރުވާގޮތަށް ބޭރު ފައިސާއާ ބެހޭ ގަވާއިދެއް ވަނީ އެކުލަވާލާފަ އެވެ. އެ ގަވާއިދުގެ ދަށުން 50 މިލިއަން ޑޮލަރަށް ވުރެ ގިނަ ފައިސާ ބޭންކުތަކަށް މާރުކޮށްފައިވާ ކަމަށް އެމްއެމްއޭ އިން ބުނެ އެވެ.