Last Updated: June 9, 06:10
Tuesday, June 9, 2026
ޚަބަރު

ކުރީގެ ސަރުކާރުން ނެގި ލޯނެއް ދައްކައިފި

ކުރީގެ ސަރުކާރުން ބޭރުގެ މާލީ އެޖެންސީއަކުން ނަގާފައި އޮތް 100 މިލިއަން ޑޮލަރުގެ ލޯނު ދައްކައި ހަލާސްކޮށްފައިވާ ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.

ސަތޭކަ މިލިއަން ޑޮލަރު (1.5 ބިލިއަން ރުފިޔާ) ގެ ލޯނެއް ނަގާފައި ވަނީ މެރިކާގެ އެޖެންސީއެއް ކަމަަށްވާ ކާގިލް ފައިނޭންޝަލް ސާވިސް އިންޓަނޭޝަނަލްއިންނެވެ. ދެހާސް ބާވީހުގައި އެ ލޯނު ނަގާފައި ވަނީ ބަޖެޓްގެ ތާށިކަން ކުރިމަތިވެގެން ބަޖެޓް ސަޕޯޓުގެ ގޮތުގަ އެވެ. ލޯނު ނެގީ 7.15 އިންޓަރެސްޓު ރޭޓުގައި، 3 އަހަރު ދުވަހުގެ ތެރޭގައި ދައްކާ ގޮތަށެވެ.

އެ ލޯނު ދައްކައި ނިންމީ އިތުރަށް އެރި 26 މިލިއަން ޑޮލަރު އިންޓްރެސްޓާ އެކީގަ އެވެ.