ވެރިކަމުގެ ދުވަސްވަރު މަސްތުވާތަކެއްޗާ ދެކޮޅަށް ކުރެއްވި މަސައްކަތްތަކާ ގުޅިގެން ފިލިޕީންސްގެ ކުރީގެ ރައީސް ރޮޑްރިގޯ ޑުޓާޓެ ހައްޔަރުކޮށްފި އެވެ.
އޭނަ ހައްޔަރުކޮޮށްފައި މި ވަނީ މަސްތުވާތަކެތީގެ މުއާމަލާތް ހިންގާ މީހުންނަށް ވެރިކަމުގެ ދުވަސްވަރު ހަރުކަށި އަދަބުތަކެއް ދިނުމަކީ އިންސާނިއްޔާތާ ހިލާފު ޖަރީމާތަކެއް ކަމަށް ބުނެ އިންޓަނޭޝަނަލް ކްރިމިނަލް ކޯޯޓް (އައިސީސީ) އިން ޑުއެޓާ ހައްޔަރު ކުރުމަށް އަމުރެއް ނެރުމާ ގުޅިގެންނެވެ.
މީޑިއާތަކުން ބުނީ އުމުރުން މިހާރު 79 އަހަރުގެ ޑުޓާޓެ ހައްުޔަރުކުރީ ހޮންކޮންގުން މެނީލާ އަށް ވަޑައިގެންނެވިތަނާ އެއާޕޯޓުން ކަމަށެވެ.
އޭނަ ހައްޔަރުކުރުމާ ގުޅިގެން ޑުޓާޓެގެ ވެރިކަމުގެ ދުވަސްވަރުގެ ތަރުޖަމާނު ސަލްވެޑޯ ޕަނެލޯ ވިދާޅުވީ ޑުއެޓާ ހައްޔަރުކުރީ ގާނޫނާ ހިލާފަށް ކަމަށެވެ. އަދި އައިސީސީ އަށް އޭނައާ ދެކޮޅަށް އަމުރެއް ވެސް ނުރެވޭނެ ކަމަށާއި އެތަނުން 2019 ގައި ޕިލިޕީންސް އޮތީ ވަކިވެފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.
ޑުޓާޓެ ޕިލިޕީންސްގެ ރައީސްކަން ކުރެއްވީ 2016-2022 އަށެވެ.
އޭނަ ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހުނީ ފިލިޕީންސްގައި ޑްރަގު ބޭނުންކޮށް ވިޔަފާރި ކުރާ މީހުން މަރަން އެންގެވި އެވެ. އަދި ޑުޓާޓެގެ އަމުރަށް ފިލިޕީންސްގައި 5،176 އަށް ވުރެ ގިނަ މީހުން މަރާފައިވާ ކަމަށް އެވެ.
އިންސާނީ ހައްގުތަކަށް މަސައްކަތް ޖަމާއަތްތަކުން ބުނަނީ އެ އަދަދު ތިން ގުނަ އިތުރުވާނެ ކަމަށެވެ.
އައިސީސީގެ އަމުރަކާ ގުޅިގެން ޑުޓާޓެ ހައްޔަރުކުރި އިރު، ފިލިޕީންސްގެ މިހާރުގެ ނައިބު ރައީސަކީ އޭނަގެ ދަރިކަނބަލެއް ކަމަށްވާ ސާރާ ޑުޓާޓެ އެވެ.