Last Updated: May 3, 08:54
Saturday, May 3, 2025
ޚަބަރު

ކުދިންތަކެއް މާރާމާރީ ހިންގައިފި

ހުޅުމާލޭގައި ކުޑަކުދިންތަކެއް ‏ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގައިފި އެވެ.

ފުލުހުން ބުނީ ރޭ 10:00 ހާއިރު ހުޅުމާލެ ފޭސް 2 ގައި 18 އަހަރުން ދަށުގެ ކުޑަކުދިންތަކެއް ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގާފައިވާ މައްސަލައެއް ރިޕޯޓް ކުރުމާ ގުޅިގެން ހާދިސާ ހިނގި ތަނަށް ގޮސް ދެ ކުއްޖަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ. އޭގެ ތެރެއިން އެއް ކުއްޖަކު ޒަހަމް ވެސް ވެފައިވެ އެވެ

މި މާރާމާރީއާ ގުޅިގެން އިތުރު ހަތަރު ކުއްޖަކު ވެސް ހިފައްޓާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލަ އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.