Last Updated: May 9, 22:28
Friday, May 9, 2025
ޚަބަރު

ޖަލުތަކުގެ ސެކިއުރިޓީ އަކީ ކުޑަކަމެއް ނޫން

ޖަލުތަކުގެ ސެކިއުރިޓީ ބެލެހެއްޓުމަކީ ކުޑަ ކަމެއް ނޫން ކަމަށާއި އަދި ގައުމެއް ޤައުމެއްގެ ގޮތުގައި ދެމިއޮތުމަށްޓަކައި ސެކިއުރިޓީ ބެލެހެއްޓުމަކީ އެންމެ މުހިންމު އެއް ކަންތައް ކަމަށް ކޮމިޝަނަ އޮފް ޕްރިޒަންސް ޙަސަން ޒަރީރު ވިދާޅުވެއްޖެ އެވެ.

ކަރެކްޝަންސްގެ 30 ވަނަ އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ރޭ އޭނަ ވިދާޅުވީ ސުލްހަ މަސަލަހަތު ނެތް ގައުމަކީ އަނދައި އަޅިއަށްވެފައިވާ ތަނެއް ކަމަށެވެ.

މިއަދު މުޅި ދުނިއެއިން ފެނިގެން ދަނީ އެފަދަ މަންޒަރުތަކެއް ކަމަށާއި 21 ވަނަ ގަރުނުގައި ދުނިޔޭގައި އުޅެ ންޖެހިފައި މި ވަނީ ސެކިއުރިޓީ ޗެލެންޖެންސްތަކާ އެކީގައި ކަމަށް ޒަރީރު ވިދާޅުވި އެވެ.

"އޭގެ ތެރެއިން އަޅުގަނޑުމެންނަކީ ވަސީލަތްތައް މަދު އެހެން ނަމަވެސް ސެކިއުރިޓީ ވަރަށް މުހިންމު ޤައުމެއް މިއީ. ކަންދިމާ ކުރި ގޮތުން އަޅުގަނޑުމެންގެ ސީ ބޯޑަރު ވަނީ ވަރަށް ބޮޑަށް ހުޅުވިފައި،" އޭނަ ވިދާޅުވި އެވެ. "އެ ސީ ބޯޑަރުން ފެށިގެން މި ޖަލުތަކާ ހަމައަށް އެކި ބާވަތުގެ ކުށްތައްކޮށްފައި ތިބި މީހުން އެބައާދޭ. މިރޭ ތިޔަ ކުދިން އަޒުމަކަށް ހަދަންވީ މިތަނުން އުނގެނުނު އެއްޗެއްގެ ބޭނުން ހިފުމަށް. އީމާންތެރިކަމާއި، ތެދުވެރިކަމާއި، ޤައުމީ ލޯތްބާއި، ވަފާތެރިކަމާއެކީ."

ޖަލުތަކުގެ ސެކިއުރިޓީ ބެލެހެއްޓުމަކީ ކުޑަ ކަމެއް ނޫންކަން ފާހަގަކުރައްވައި ސީޕީ ވިދާޅުވީ ގައިދީންގެ ގޮތުގައި މިހާރު ވެސް 996 މީހުން އެބަތިބި ކަމަށެވެ.

ޒަރީރު ވަނީ ރިޝްވަތާއި ޖަލުގެ ގޮޅިތަކަށް ވެއްދުން މަނާ ތަކެތި ވެއްދުމުގެ އެއްވެސް ފުރުސަތެއް ދީގެންނުވާނެ ކަމަށްވެސް ވިދާޅުވެފަ އެވެ. އަދި އަލަށް ކަރެކްޝަނާ ގުޅުނު މުވައްޒަފުންނަކީ ކޮނޑުގައި އެޅިފަ އޮތް ޒިންމާތަކާއި ވާޖިބުތައް އަދާކުރާ ބަޔަކަށް ވުމަށް އެދިވަޑައިގަތެވެ.

"ނަތީޖާ ނެރެވޭނީ ތެދުވެރިކަމާއި، އިޚްލާސްތެރިކަމާ އެކީގައި މަސައްކަތްކޮށްގެން،" ސީޕީ ވިދާޅުވި އެވެ. "ދަރިވަރުން ފުރިހަމަ ތިކުރީ ތިޔަ ދަރިވަރުންގެ މައިންބަފައިންގެ ވަރަށް ބޮޑު އުންމީދެއް. ޒަމާނަށް އަންނަ ބޮޑެތި ބަދަލުތަކާއެކު ވެސް ތިޔަ ދަރިވަރުންގެ ބެލެނިވެރިން ވަނީ ރީތި އަޚްލާގާއި، އީމާންތެރިކަމާއި، ފުރިހަމައަށް ދަސްކޮށް ދެއްވާފައި. ތިޔަ ނިކުންނަނީ މަސައްކަތުގެ މައިދާނަށް."

ރާއްޖޭގެ ޖަލުތަކުގެ ސަލާމަތީ ކަންތައްތައް ބަލަހައްޓަން އެ ދަރިވަރުން އުފަލަން ޖެހެނީ ޤައުމީ ވާޖިބެއް ކަމަށް ވެސް ކަން ސީޕީ ވިދާޅުވި އެއެވެ.

ޖަލުތަކުގަ މަސައްކަތް ކުރާ 700 އަށް ވުރެ އޮފިސަރުންނަކީ 24 ގަޑިއިރުގަ މަސައްކަތުގެ މައިދާނުގައި ތިއްބެވި ޤައުމީ ބަތަލުން ކަމަށާއި އެއިން އެއްވެސް އޮފސަރަކީ ދިމާވާ އެއްވެސް ކަމެއްގައި ފަހަތަށް ޖެހޭނެ ބައެއް ނޫން ކަމަށް ވެސް ވިދާޅުވިއެވެ.