Last Updated: April 30, 11:35
Wednesday, April 30, 2025
ރިޕޯޓް

ރޯދަ ރަހަ: އިޓާލިއަން މެކް އެންޑް ޗީޒް

* ބޭނުންވާ ތަކެތި:

2 ޖޯޑު މިންސް ބީފް
1 ޖޯޑު ޝްރެޑާ ޗީޒް (ކުދިކޮށް ގާނާފައި)
ޝެލް ޕާސްތާ ޕެކެޓެއް (ހޫނުފެނުގައި ކައްކައި ރޯފިލުވާފައި)
2 ލޮނުމެދު ކޮޅު (ކުދިކޮށް ޗަސްކޮށް ކޮށާފައި)
1 ފިޔާ (ތުނިކޮށް ކޮށާފައި)
1 ޖޯޑު ޓޮމާޓޯ ޕޭސްޓް
1 ޖޯޑު ހޫނުފެނުގައި ގިރާފައި ހުރި ޗިކަން ސްޓޮކް
1/2 ޖޯޑު ހެވީ ކްރީމް
1 ޖޯޑު މޮޓްޒަރެއްލާ (ގާނާފައި)
1 ބެލް ޕެޕާ (ކުދިކޮށް ކޮށާފައި)
ކުޑަ ތެޔޮފޮދެއް

* ތައްޔާރު ކުރާނެ ގޮތް:

ފުރަތަމަ އުދުން މަޑުގިނީގައި ޖައްސައި، ކުޑަ ތެޔޮކޮޅެއް އެޅުމަށް ފަހު ތާހެއްގައި ނުވަތަ ތެއްޔެއްގައި ބީފްކޮޅު ރޯފިލުވާލާށެވެ. ދެން ބީފްކޮޅު ރަނގަޅަށް ރޯފިލުމުން ތާހުގެ ތެރެއަށް ފިޔާ، ލޮނުމެދު، ބެލްޕެޕާ އަޅައި ފަސްމިނެޓު ނުވަތަ ހަތް މިނެޓު ވަންދެން މީރުކޮށްލާށެވެ.

އެއަށް ފަހު މީގެ ތެރެއަށް ކައްކާފައި ހުރި ޕާސްތާ އާއި، ޓޮމާޓޯ ޕޭސްޓް އަދި ޗިކަން ސްޓޮކް އަޅައި ރަނގަޅަށް އެއްކޮށްލާނީ އެވެ. ދެން ތާހުގެ ނުވަތަ ތެލީގެ މަތިޖަހައި 10 ވަރަކަށް މިނެޓު ކައްކާލާށެވެ. ފެންގަނޑު ކުޑަކޮށް ހިދެން ފެށުމުން ގާނާފަ އިހުރި މޮޒަރެއްލާ އަދި ޝްރެޑާ ޗީޒް އަޅައި އެއްކޮށްލުމުން ރެސިޕީ ތައްޔާރުކޮށްލެވުނީ އެވެ.