Last Updated: July 13, 17:30
Monday, July 13, 2026
ދުނިޔެ

އާއިލާގެ ބަޔަކު މަރާލި 15 އަހަރުގެ ކުއްޖަކު ހައްޔަރުކޮށްފި

އާއިލާގެ ބަޔަކު މަރާލި މައްސަލައެއްގެ ތުހުމަތުގައި ސްރީ ލަންކާގެ 15 އަހަރުގެ އަންހެން ކުއްޖަކު ހައްޔަރުކޮށްފި އެވެ.

މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އެ ގައުމުގެ މުއްޓޫރު އަވަށުގައި 74 އަހަރުގެ އަންހެނަކާއި 68 އަހަރުގެ އަންހެނަކު އެ މީހުން ދިރިއުޅޭ ގޭގައި މަރާލާފައި އޮއްވައި ފެނުނީ މިދިޔަ ހުކުރު ދުވަހު އެވެ،.އަދި އެ ދެ މީހުންނަކީ ކުއްޖާގެ މާމައިންތަކެއް ވެސް ކަމަށް ވެސް މީޑިއާތަކުން ބުންޏެވެ.

މީޑިއާތަކުން ބުނީ ދެ މީހުން މަރާލާފައި ވަނީ ތޫނު އެއްޗަކުން ހަމަލާ ދީގެން ކަމަށެވެ.

މި މައްސަލަ ފުލުހުން މިހާރު ތަހުގީގު ކުރަމުން އަންނަ އިރު، މިކަމާ ގުޅޭ އެއްވެސް ތަފުސީލެއް މިހާތަނަށް ހާމަކޮށްފައެެއް ނުވެ އެވެ.