Last Updated: May 9, 05:45
Friday, May 9, 2025
ދުނިޔެ

ނައިޓްކުލަބެއްގައި ރޯވެ 51 މަރު

މެސެޑޯނިއާގެ ނައިޓްކުލަބެއްގައި ބިރަކާ ނުލައި މަޖާ ކުރަމުން ދަނިކޮށް އެތަނުގައި ރޯވެ 51 މީހަކު މަރުވެ، 100 އަށް ވުރެ ގިނަ މީހުން މިއަދު ޒަހަމްވެއްޖެ އެވެ.

މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އެ ހާދިސާ ހިނގާފައި ވަނީ މެސެޑޯނިއާގެ އުތުރުގެ ކޮކާނީގައި "ޕަލްސް" ގެ ނަމުގައި ހިންގަމުން އަންނަ ނައިޓްކުލަބްގައި މެންދަމު 3:00 އެހާކަށްހާ އިރު އެވެ.

އެ ހާދިސާގެ ތަހުގީގު ކުރިއަށްދާ އިރު، އިންޓިއާރިއާ މިނިސްޓަރު ޕޭންސް ޓޮސްކޯސްލީ ވިދާޅުވީ މިހާތަނަށް ތަހުގީގަށް ފާހަގަވެފައިވާ ގޮތުގައި ގިނަ ބަޔަކު ޖަމާވެފައި އޮތް ނައިޓްކުލަބްގައި ރޯވި އެތަނުގައި ކޮންސަޓެއް ކުރިއަށް ދަނިކޮށް ބަޑިބޭހުގެ ހަރަކާތްތަކެއް ކުރިއަށް ގެންދަނިކޮށް ރޯވެގެން ކަމަށެވެ.

މި ހާދިސާގައި 51 މީހަކު މިހާތަނަށް މަރުވެފައިވާ އިރު، ޒަހަމްވި މީހުންނަށް ދެ ހޮސްޕިޓަލެއްގެ އަންނަނީ ފަރުވާ ދެމުންނެވެ. އޭގެ ތެރެއިން 23 މީހަކު ވަރަށް ބޮޑަށް ފިހިފައިވާ ކަމަށް ވެސް އޮފިޝަލުންނާ ހަވާލާދީ މީޑިއާތަކުން ބުންޏެވެ.