އެކަނިމާއެކަނި މަސްވެރިކަމަށް ނުކުތް ޕެރޫގެ މަސްވެރިޔަކު ބެހިގެން ޕެސިފިކް ކަނޑަށް ގެއްލިފައިވާތާ 95 ދުވަސް ފަހުން ފެނިއްޖެ އެވެ.
މެކްސިމޯ ނާޕާ ކާސްޓްރޯ ކިޔާ 61 އަހަރުގެ މީހާ ފެނުނީ މިދިޔަ ބުދަ ދުވަހު އެވެ. ޕެރޫގެ ކަމާބެހޭ އިދާރާތަކުން އޭނަ ހޯދާތާ ގިނަ ހަތަރު މަހެއްހާ ދުވަސް ފަހުން ބުދަ ދުވަހު ފެނުނީ އިކްއެޑޯގެ ޕެޓްރޯލް އުޅަނދަކަށެވެ. އެއީ އެއީ ގައުމުގެ 1،093 ކިލޯމީޓަރު 680 މޭލު ދުރުންނެވެ.
މެކްސިމޯ ފެނުނު އިރު، އޭނަ އޮތީ ވަރަށް ހާލު ދެރަކޮށެވެ. އޭނަ ފެނުމާ ގުޅިގެން ނަގައިގެން، އިކްއެޑޯ އަށް ގެންގޮސް ފަރުބާ ވެސް ދިނުމަށް ފަހު، ވައިގެ މަގުން މިހާރު ވަނީ ޕެރޫ އަށް ފޮނުވައިފަ އެވެ. މެކްސިމޯ މިހާރު ހުރީ ހެޔޮ ހާލުގައި އާއިލާގެ މީހުންގެ ގާތުގަ އެވެ.
ދެ ހަފުތާގެ މަސް ދަތުރަކަށް މެކްސިމޯ ނުކުތީ ޑިސެމްބަރު މަހުގެ 7 ގަ އެވެ. އޭނަ ބުނި ގޮތުގައި ބެހި، ގެއްލުނީ ނުކުތްުތާ 10 ވަނަ އަށް ވީ ދުވަހު މޫސުން ވަރަށް ބޮޑަށް ގޯސްވުމާ ގުޅިގެން ކަމަށެވެ. މެކްސިމޯ ކިޔައި ދިން އޭނަ ކަނޑިމަތީގައި ވާނުވާގައި އުޅުނީ ވެލަ އާއި ދޫނި ފަދަ އެއްޗެހީގެ މަސް ކައިގެންނެވެ. އަދި ބުއީ އޭނަ ވާރޭފެން ކަމަށް ބުންޏެވެ.
މެކްސިމޯ ބުނި ގޮތުގައި ވާނުވާގައި ކަނޑުމަތީގައި ގެއްލި އުޅެން ޖެހުނު އިރު އެންމެ ހަނދާންވީ އާއިލާ މަތިންނެވެ. އެގޮތުން ސަލާމަތްވާނެކަމުގެ އުންމީދު އާކޮށްދީ، ހިތްވަރު ލިބުނީ ދެ މަސްވީ އަންހެން ކާފަދަރިފުޅާ އަލުން ބައްދަލުވާނެކަމުގެ އުންމީދާ އެކު ކުރި ހިތްވަރުން ކަމަށެވެ.
"ވަރަށް އުފާ ކުރަން އަލުން އާއިލާއާ ބައްދަލުވާތީ." އޭނަ ބުންޏެވެ.