Last Updated: June 8, 21:45
Monday, June 8, 2026
ޚަބަރު

އެކްސިޑެންޓްވުމުން މާރާމާރީ ހިންގައިފި

ހުޅުމާލޭގައި ރޭ ދެ ސައިކަލް އެކްސިޑެންޓްވި ހާދިސާއަކަށް ފަހު، ދެ ސައިކަލް ދުއްވި މީހުން އެކަކު އަނެކަކަށް މާރާމާރީ ހިންގައިފި އެވެ.

ފުލުހުން ބުނީ ހުޅުމޭލޭގެ ފޭސް އެކެއްގައި އެ ހާދިސާގެ މައުލޫމާތު ލިބުނީ ރޭ 9:40 އެހާކަށްހާ އިރު ކަމަށެވެ. އެކްސިޑެންޓާއި މާރާމާރީ ހިންގި މައްސަލަ އިތުރަށް ބަލަމުން އަންނަ ކަމަށް ފުލުހުން ބުނި ނަމަވެސް އިތުރު އެއްވެސް ތަފުސީލެއް ނުދެ އެވެ.

އެނގިފައިވާ ގޮތުގައި އެކްސިޑެންޓްވި ދެ ސައިކަލެއްގެ ތެރެއިން އެއް ސައިކަލްގައި އިނީ ބިދޭސީއެކެވެ. އޭނަ އާއި ދިވެހި މީހާ މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެއް ވެސް ސޯޝަލް މީޑިއާގައި ދައުރުވެފައިވެ އެވެ.