Last Updated: May 1, 11:45
Thursday, May 1, 2025
ޚަބަރު

ފަނޑިޔާރުން މަދުކުރާ ބިލް އަލުން ކޮމިޓީ އަށް

ސުޕްރީމް ކޯޓުގެ ފަނޑިޔާރުން އަދަދު ހަތަކުން ފަހަކަށް ބަދަލު ކުރަން ފާސްކުރި ބިލު ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގުނުކުރައްވާ އަލުން އަނބުރާ ފޮނުވާލެއްވުމުން މަޖިލީހުން ބޭރުކޮށްނުލައި އަލުން ކޮމިޓީ އަށް މިއަދު ފޮނުވައިފި އެވެ.

މަޖިލީޖުން ފެބްފުއަރީ 26 ގައި ފާސްކޮށް ފޮނުވި ބިލު ތަސްދީގު ނުކުރައްވައި އަނބުރާ މަޖިލީހަށް ފޮނުއްވަން ރައީސް ނިންމެވީމި މަހުހެ 11 ގަ އެވެ.

އެހެންވެ ބިލާމެދު ގޮތެއް ނިންމުމަށް އެޖެންޑާ ކުރީ މިއަދުގެ ޖަލްސާގަ އެވެ.

ނަމަވެސް ބިލު ބޭރުކޮށްލުމުގެ ބަދަލުގައި އިތުރަށް ދިރާސާ ކުރުމަށް ކޮމިޓީއަށް ފޮނުވަން ހުށަހެޅުއްވީ ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހެވެ. އެ ހުށަހެޅުން ފާސްވީ ޕީއެންސީއަށް ނިސްބަތްވާ 50 މެންބަރުންގެ ތާއީދާއެކު އެވެ. ދެކޮޅަށް ވޯޓު ދެއްވީ އެމްޑީޕީގެ ހަ މެންބަރަކާއި އެމްޑީއޭ އަށް ނިސްބަތްވާ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް އެވެ.