Last Updated: June 9, 06:10
Tuesday, June 9, 2026
ޚަބަރު

ޅ. އަތޮޅުން އައިޑީ ކާޑު ޕްރިންޓްކޮށް ދޫކުރަނީ

ޅ. އަތޮޅުގައި އައިޑީ ކާޑު ޕްރިންޓްކޮށް ދޫކުރުމުގެ ހިދުމަތް ދޭން އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.

މި އެއްބަސްވުމުގައި މިއަދު ސޮއިކޮށްފައި ވަނީ ޑިޕާޓްމަންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރް) އާއި ޅ. އަތޮޅު ކައުންސިލް އިދާރާއާ ދެމެދު އެވެ.

ޑީއެންއާރް އިން ބުނީ ޅ. އަތޮޅު ވާނީ މާލެ އިން ބޭރުގައި އައިޑީ ކާޑު ޕްރިންޓްކޮށް ދޫކުރުމުގެ ހިދުމަތް ދޭން ފަށާ 13 ވަނަ ސަރަހައްދަށް ކަމަށެވެ.

ސަރުކާރުގެ އަމާޒަކީ އަހަރު ނިމުމުގެ ކުރިން އައިޑީ ކާޑާއި ޕާސްޕޯޓްގެ ހިދުމަތް ރާއްޖޭގެ ހުރިހާ ރަށަކުން ވެސް ލިބޭނެ ގޮތް ހެދުމެވެ.