Last Updated: June 27, 20:02
Saturday, June 27, 2026
ކުޅިވަރު

ވިކްޓްރީ އާއި މީދޫ ޓީމް އެކުވެރިކަމުގެ މެޗެއް ކުޅެނީ

މިނިވަން 50 ޗެމްޕިއަންޝިޕްގައި ވާދަ ކުރާ މީދޫ ޓީމް ރާއްޖޭގެ ފުރަތަމަ ޑިވިޝަންގެ ގަދަ ބާރެއް ކަމަށްވާ ވިކްޓްރީ ސްޕޯޓްސް ކްލަބް އާއި އެކު އެކުވެރިކަމުގެ މެޗެއް ކުޅުމަށް ހަމަޖެހިއްޖެއެވެ.

ޕްރެޒިޑެންޓް ކަޕްގެ ގްރޫޕް ބީގައި ހިމެނޭ ވިކްޓްރީ ސްޕޯޓްސް ކްލަބް މިމަހުގެ 12 ވަނަ ދުވަހު އައްޑޫއަށް އައުމަށް ހަމަޖެހިފައިވާ އިރު މީދޫ ޓީމްއާއި އެކު އެކުވެރިކަމުގެ މެޗް ކުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ 17 ވަނަ ދުވަހު މީދޫ ސްޓޭޑިއަމްގައެވެ.

މީދޫ ޓީމްގެ އޮފިޝަލަކު ވިދާޅުވީ އެ ޓީމް ކްލަބް ވެލެންސިއާ އާއި އެކުވެސް އެކުވެރިކަމުގެ މެޗެއް ކުޅުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މިނިވަން 50 ޗެމްޕިއަންޝިޕް މުބާރާތް މިމަހުގެ 18 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ އިރު މުބާރާތް ފެށުމުގެ ގޮތުން ފުރަތަމަ ބައްދަލު ކުރާނީ މަރަދޫފޭދޫ އަދި ފޭދޫ ޓީމްއެވެ.

މުބާރާތުގެ ދެވަނަ މެޗްގައި ސެޕްޓެމްބަރ 19 ވަނަ ދުވަހު މީދޫ އާއި ފޭދޫ ބައްދަލު ކުރާ މެޗް އޮންނާނީ މީދޫ ސްޓޭޑިއަމްގައެވެ.