Last Updated: June 8, 21:45
Monday, June 8, 2026
ޚަބަރު

ތަމަޅަ ބަހުން ދަރުހެއް ބާއްވައިފި

ރާއްޖޭގައި ދިރިއުޅޭ ސްރީ ލަންކާގެ މުސްލިމް ރައްޔިތުންނަށް ހާއްސަކޮށްގެން ތަމަޅަ ބަހުން ހާއްސަ ދަރުހެއް ބާއްވައިފި އެވެ.

އިސްލާމިކް މިނިސްޓްރީން އިންތިޒާމުކޮށްގެން މާލޭގެ ސަލްމާން މިސްކިތުގެ އޮޑިޓޯރިއަމްގައި އިއްޔެ ބޭއްވި ދަރުސް ދެއްވީ ޝައިޚް މުރުޝިދު މުލައްފާރު އެވެ.

އެ ދަރުހުގައި މާލޭގައި އުޅޭ ލަންކާގެ ގިނަ ބަޔަކު ބައިވެރިވި އެވެ.

މިއީ ދިވެހިންނާއި ރާއްޖޭގައި ދިރިއުޅޭ މުސްލިމުން ދީނަށް ހޭލުންތެރިކަން އިތުރުކޮށް، ދީނީ ސައްޙަ މަޢުލޫމާތު ފޯރުކޮށް ދިނުމަށް މިނިސްޓްރީން ކުރިއަށް ގެންދާ ޕްރޮގްރާމްތަކުގެ ތެރެއިން ބޭއްވި ދަރުހެކެވެ.