Last Updated: June 8, 21:45
Monday, June 8, 2026
ޚަބަރު

ވިޔަފާރި ދަނޑުވެރިންގެ ދަފުތަރަށް ހުޅުވާލައިފި

ރާއްޖޭގައި ވިޔަފާރި އުސޫލުން ދަނޑުވެރިކަން ކުރާ އަދި ކުރަން ބޭނުންވާ މީހުން ދަފުތަރުވާން އެގްރިކަލްޗަ މިނިސްޓްރީން ހުޅުވާލައުފި އެވެ.

އެ މިނިސްޓްރީން ބުނީ ވިޔަފާރި އުސޫލުން މިހާރު ދަނޑުވެރިކަމުގައި ހަރަކާތްތެރިވާ އަދި ހަރަކާތްތެރިވުމަށް ޝައުގުވެރިވާ މީހުން ދަފުތަރުވުމުގެ ފުރުސަތު އަންނަ މަހުގެ 10 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ. ދަފުތަރު ވާނީ މި މެއިލް [email protected] އަށް މައުލޫމާތު ފޮނުވައިގެންނެވެ. އަދި މިކަމާ ބެހޭ އިތުރު މައުލޫމާތު ވެސް އެ މެއިލް މެދުވެރިކޮށް ހޯދޭނެ އެވެ.

މި ދަފުތަރުގެ މުހިއްމު އެއް ބޭނުމަކީ ދަނޑުވެރިކަމުގެ ތެރޭގައި ހަރަކާތްތެރިވާ މީހުން ދެނަގަތުމެވެ. އެގޮތުން މަޢުލޫމާތު ނެގުމަށް ހަމަޖެހިފައި ވަނީ މި ވަގުތު ދަނޑުވެރިކަމުގައި (ވިޔަފާރި އުސޫލުން ދަނޑުހައްދާ ފަރާތްތައް، ވިޔަފާރި އުސޫލުން ކުދި ޖަނަވާރު އަދި ކުކުޅު ގެންގުޅޭ ފަރާތްތައް، ވިޔަފާރި އުސޫލުން ގަސް ހައްދާ ވިއްކާފަރާތްތައްް) ހަރަކާތްތެރިވާ ފަރާތްތަކާއި ވިޔަފާރި އުސޫލުން އެ މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކެވެ.

މިނިސްޓްރީން ބުނީ މި ދަފްތަރުގައި މި ވަގުތު މީހުން ދިރިއުޅޭ ރަށްތަކުގައި ދަނޑުވެރިކަން ކުރަމުން އަންނަ އަމިއްލަ ފަރުދުން ނުހިމެނޭނެ ކަމަށެވެ.