Last Updated: July 27, 18:03
Tuesday, July 28, 2026
ޚަބަރު

ސޭޓަކަށް ބިރު ދައްކައި ފޭރިގެންފި

މާލޭގެ ފިހާރައެއްގެ ސޭޓަކަށް ތޫނު އެއްޗަކުން ބިރު ދައްކައި ސިނގިރެޓާއި ފައިސާތަކެއް ފޭރިގެންފި އެވެ.

ފުލުހުން މިއަދު ބުނީ މިއަދު ހެނދުނު މާފަންނުގެ ފިހާރައަކަށް ދެ މީހަކު ވަދެ އެތަނުގައި ހުރި ބިދޭސީ ސޭޓަކަށް ތޫނު އެއްޗަކުން ބިރު ދައްކައި ފޭރުނު މައްސަލައެއް ހުށަހަޅާފައިވާތީ އެކަން މިހާރު އިތުރަށް ބަލަމުން އަންނަ ކަމަށެވެ.

ފޭރުނު ތަކެތީގެ ތެރޭގައި ސިނގިރެޓާއި ފައިސާގެ އިތުރުން ބައެއް އެހެން ތަކެތިވެސް ހިމެނޭ ކަމަށް ފުލުހުން ބުންޏެވެ. އެ ހާދިސާ ހިނގާފައި ވަނީ "އޮން ދަ މޫވް" ފިހާރައިގަ އެވެ.