Last Updated: May 2, 06:04
Friday, May 2, 2025
ޚަބަރު

އަލަށް 4 ރަށެއްގައި އެކްސްރޭގެ ހިދުމަތް ފަށަނީ

މިހާތަނަށް އެކްސްރޭގެ ހިދުމަތް ނުލިބޭ ހަތަރު ރަށެއްގައި އެ ހިދުމަތް ފަށަން ތައްޔާރުވެއްޖެ އެވެ.

ހެލްތު މިނިސްޓްރީން ބުނީ އެ ހިދުމަތް އަލަށް ފެށަނީ ނ.ހޮޅުދު އާއި އެ އަތޮޅު ވެލިދު އާއި ށ. މިލަންދޫގެ އިތުރުން އދ. މާމިގިލިގައި ކަމަށެވެ.

އެ ރަށްތަކުގައި އެކްސްރޭގެ ޚިދުމަތް ފެށުމަށް ވާން ޖެހޭ އިދާރީ ހުރިހާ މަސައްކަތްތަކެއް ނިންމައި، އަންނަ މަހު އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވެފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ. ގޮތުން މި ޚިދުމަތް ދިނުމަށްޓަކައި އިމާރާތަށް ގެންނަން ޖެހޭ ބަދަލުތަކާއި، މެޝިން އިންސްޓޯލް ކުރުން ފަދަ ކަންކަން ހިމެނެ އެވެ.

އަތޮޅު ހޮސްޕިޓަލްތަކާއި ރީޖިނަލް ހޮސްޕިޓަލްތައް އަދި ސިއްޙީ މަރުކަޒުތައް ތަރައްޤީކޮށް މާލެ އަށް ބޭސް ފަރުވާ ހޯދަން ދިއުން މަދުކުރުމަކީ ސަރުކާރުގެ ވައުދެކެވެ.