Last Updated: April 30, 23:11
Thursday, May 1, 2025
ޚަބަރު

ކުޅުދުއްފުށީ ހޮސްޕިޓަލްގެ ޓާޝަރީ ޕްލޭން ކައުންސިލަށް

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ޚިދުމަތް ދިނުމަށް ތަރައްޤީ ކުރުމަށް ރާވާފައިވާ ޕްލޭން ކުޅުދުއްފުށީ ސިޓީ ކައުންސިލާއި ހިއްސާކޮށްފި އެވެ.

ކައުންސިލްގައި ބޭއްވި ބައްދަލުވުމެއްގައި ޕްލޭން ކުޅުދުއްފުށީ ސިޓީގެ މޭޔަރު މުހައްމަދު އާތިފަށް އެރުވީ ހޮސްޕިޓަލް ސީއީއޯ ނާޒިމާ އަލީ އެވެ.

އެ ބައްދަލުވުމުގައި މަޝްވަރާ ކުރެވުނު ކަންކަމުގައި ބޮޑަށް އަލިއަޅުވާލާފައި ވަނީ ރަށުގެ ޞިއްޙީ ފަރުވާ އިތުރަށް ފުރިހަމަ ކުރުމުގައި ހުރިހާ އިދާރާތަކެއް ގުޅިގެން މަސައްކަތް ކުރުމުގެ މުހިންމުކަމާ ގުޅޭ ގޮތުންނެވެ.