Last Updated: July 11, 13:48
Saturday, July 11, 2026
ޚަބަރު

ފުވައްމުލަކު މިސްކިތްތަކުގައި ސޯލާ ހަރުކޮށްފި

ފުވައްމުލަކު ސިޓީގެ 9 މިސްކިތެއްގައި ސޯލާ ޕެނަލް ހަރުކޮށްފި އެވެ.

ފުވައްމުލަށް ސިޓީ ކައުންސިލުން ބުނީ އިއާދަ ކުރުވަނިވި ހަކަތަ ބޭނުންކުރުން އިތުރުކޮށް ފުވައްމުލަކަކީ ކާބަން ނިއުޓްރަލް ރަށަކަށް ހެދުމުގެ އަމާޒަށް ވާސިލުވުމަށް ކައުންސިލްގެ ބައެއް އިމާރާތްތަކުގައި ސޯލާޕެނަލް ހަރުކުރުމަށް ފެށުނު މަސައްކަތް ނިމިފައިވާ ކަމަށެވެ.

އެގޮތުން މި ޕްރޮޖެކްޓުގެ ދަށުން 9 މިސްކިތަކާއި ކައުންސިލް އޮފީސް އިމާރާތެއްގައި ސޯލާ ޕެނަލް ހަރުކުރެވިފައިވާ ކަމަށް ކައުންސިލުން ބުނެ އެވެ.

މިއީ ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން ކުރިއަށް ގެންދިޔަ މަޝްރޫއެކެވެ. މި މަޝްރޫއުއަށް 2.8 މިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށްވެސް ކައުންސިލުން މައުލޫމާތުދެ އެވެ.