މި ރޯދަ މަހުގެ ފުރަތަމަ 10 ދުވަހުގެ ތެރޭގައި ކުށުގެ 600 އަށް ވުރެ ގިނަ މައްސަލަ ރިޕޯޓްކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން މިއަދު އާންމުކުރި ތަފާސްހިސާބުތަކުގައިވާ ގޮތުން ފުރަތަމަ 10 ދުވަހުގެ ތެރޭގައި ޖުމްލަ 692 މައްސަލަ ރިޕޯޓްކޮށްފައިވާ އިރު، 148 މީހަކު ހައްޔަރުކޮށްފައިވެ އެވެ. ހުށަހެޅި މައްސަތަލަށް ބަލާ އިރު އެންމެ ގިނައީ ޓްރެފިކާ ގުޅުން ހުރި މައްސަލަތަކެވެ. އެފަދަ 153 މައްސަލަ ރިޕޯޓްކޮށްފައިވެ އެވެ.
ފުރަތަމަ 10 ދުވަހުގެ ތެރޭގައި ރިޕޯޓްކުރި މައްސަލަތަކާއި އަދަދުތައް:
* ޓްރެފިކް އެކްސިޑެންޓް: 153 މައްސަލަ
* ފޭރުން: 147 މައްސަލައެއް
* މަސްތުވާތަކެތި: 110 މައްސަލަ
* ސްކޭމް: 70 މައްސަލަ
* ތަކެއްޗަށް ގެއްލުން ދިނުން: ން48 މައްސަލަ
* މާރާމާރީ: 40 މައްސަލަ
* ބިރު ދެއްކުން: 38 މައްސަލަ
* ގެވެށިއަނިޔާ: 19 މައްސަލަ
* ކުޑަކުދިންނާ ބެހުން: 16 މައްސަލަ
* ޖިންސީ ގޯނާ: 15 މައްސަލަ
* ފޯޖަރީ: 8 މައްސަލަ
* ސައިބަކްރައިމް: 7 މައްސަލަ
ފުލުހުން އަންނަނީ ރާއްޖޭގެ ހުރިހާ ހިސާބެއްގައި ވެސް ކުށްތައް މަދުކުރަން ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ވަކިން ހާއްސަކޮށް ރޯދަ މަހު ޓްރެފިކް މައްސަލަތައް މަދުކުރަން ފުލުހުން ސަމާލުކަން ދެ އެވެ.