Last Updated: July 27, 18:03
Tuesday, July 28, 2026
ޚަބަރު

2،000 އަށް ވުރެ ގިނަ ވޭޕް އަތުލައިގެންފި

ވައިގެ މަގުން ރާއްޖެއަށް އެތެރެކުރި 2،000 އަށް ވުރެ ގިނަ އަށް ވޭޕާއި ވޭޕްކުރަން ބޭނުންކުރާ ސާމާނު އަތުލައިގެންފި އެވެ.

ކަސްޓަމްސް އިން މިއަދު ބުނީ އެ ތަކެތި އަތުލައިގަތީ މެލޭޝިއާ އިން އިއްޔެ ރާއްޖެ އައި ތިން ޕަސެންޖަރެއްގެ ލަޖެޖުގައި ވޭޕާއި އާއި ވޭޕްކުރަން ބޭނުންކުރާ ސާމާނު ފޮރުވާފައިވާ ކަމަށް ޝައްކު ކުރެވިގެން އިތުރަށް ބަލައި ފާސްކުރުމުގެ ތެރެއިން ކަމަށެވެ.

ކަސްޓަމްސްއިން އަތުލައިގެންފައި ވަނީ ވޭޕް އާއި ވޭޕްކުރަން ބޭނުންކުރާ ސާމާނު ހިމެނޭހެން 2،062 އައިޓަމެކެވެ.

އޭގެ ތެރޭގައި ހިމެނެނީ:

* ނެނޯ ސްޓިކް: 1،714
* ޓެރިއާ ސްޓިކް: 200
ކެލިބަން ކާޓްރިޖް: 96
* ވީޓޭޖް ކާޓްރިޖް: 50
ވޭޕް ފްލޭވަ ލިކުއިޑް (ފުޅި): 2

ކަސްޓަމްސް އިން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.