Last Updated: July 26, 06:13
Sunday, July 26, 2026
ޚަބަރު

ބަނގުރާ އަތުލައިގެންފި

ހުޅުމާލޭގައި ހިންގި އޮޕަރޭޝަނެއްގައި ބަނގުރާ އަތުލައިގެންފި އެވެ.

ފުލުހުން ބުނީ ބަނގުރާ ކޭސްތަކެއް ހިފައިގެން ހުޅުމާލެ ލަކުޑި ޖެޓީ ކައިރީގައި މީހަކު އުޅޭ ކަމަށް ފޭސް އެކެއްގެ ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން އިއްޔެ ހިންގި އޮޕަރޭޝަނުގައި އެ ތަކެތި އަތުލައިގެންފައިވާ ކަމަށެވެ.

އެގޮތުން ލަކުޑި ޖެޓީ ސަރަހައްދު ބަލައި ފާސްކުރި އިރު ފޮށިގަނޑަކާއި ދަބަހެއް ފެނިފައި ވެއެވެ. އަދި އެ ދަބަހާއި ފޮށިގަނޑު ބަލައިފާސްކުރިއި ރު 14 ފުޅި ބަނގުރަލާއި 72 ދަޅު ބިއަރު ފެނިފައިވެ އެވެ.

ފުލުހުން ބުނީ މިކަމާ ގުޅިގެން މީހަކު އަދި ހައްޔަރު ނުކުރާ ކަމަށާއި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.