މަޝްހޫރު ލަވަކިއުންތެރިއާ ސަނަމް ޕޫރީގެ ހާއްސަ ޝޯވްއެއް އަންނަ މަހު އައްޑޫގައި ބާއްވަން ހަމަޖެހިފައިވާކަމަށް ޕީޕީއެމް ފޭދޫ ގޮފިން ބުނެފިއެވެ.
ޕީޕީއެމްގެ ފެދޫ ގޮފީގެ އިސް ހަރަކާތްތެރިއެއް ކަަމަށްވާ އީނާ ނަސީރު މިރޭ ފޭސްބުކްގައި ޕޯސްޓް ކުރި ސްޓޭޓަސްއެއްގައި ބުނެފައިވަނީ ސަނަމް ޕޫރީގެ ޝޯވް ބާއްވާނީ އަންނަ މަހުގެ 9 ވަނަ ދުވަހުގެ ރޭ ފޭދޫ ބަނދަރު ސަރަހައްދުގައި ކަމަށެވެ.
އީނާ ބުނީ ސަނަމް ޕޫރީ އައްޑޫގައި ބާއްވާ ޝޯވް އަކީ މިނިވަން 50 ފާހަގަ ކުރުމަށް މާލޭގައި ބޭއްވި ޝޯވްއަށް ވުރެ ބޮޑު ޝޯވްއެއް ކަމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ސަނަމް ޕޫރީގެ އައްޑޫ ޝޯވްއަކީ ނައިބް ރައީސް އަހްމަދު އަދީބްގެ ބޮޑު އެހީތެރިކަމަކާއ އެކު ބާއްވަން ނިންމާފައިވާ ޝޯވްއެކެވެ.
މިނިވަން 50 ފާހަގަ ކުރުމަށް މާލޭގައި ބޭއްވި ސަނަމް ޕޫރީގެ ޝޯވްއަށްވެސް ބޮޑު ތަރްހީބެއް ލިބިގެން ގޮސްފައިވާ ކަން ފާހަގަކޮށްލެވެއެވެ.