Last Updated: June 8, 20:40
Monday, June 8, 2026
ޚަބަރު

ރާއްޖެ ބީޗް ވޮލީ ލީގް ފަސްކޮށްފި

އަންނަ މަހު ބާއްވަން ނިންމި "ރާއްޖެ ބީޗް ވޮލީ ލީގް 2025" މި އަހަރުގެ އޮގަސްޓަށް ފަސްކޮށްފި އެވެ.

މުބާރާތް ފަސްކުރި ވާހަކަ މިއަދު ވޮލީބޯލް އެސޯސިއޭޝަނުން އިއުލާންކުރި ނަމަވެސް އެގޮތަށް ނިންމި ސަބަބާއި މުބާރާތާ ބެހޭ އިތުރު އެއްވެސް ތަފުސީލެއް ވެސް ނުދެ އެވެ.

ކުރިން މުބާރާތް ބާއްވަން އޮތީ އަންނަ މަހުގެ 2-10 އަށެވެ.

"ރާއްޖެ ބީޗް ވޮލީ ލީގް" ގައި ބައިވެރިވާން އެސޯސިއޭޝަނުން ހުޅުވައިލީ މިދިޔަ މަހުގެ މެދުތެރޭގަ އެވެ.