Last Updated: May 12, 23:01
Monday, May 12, 2025
ޚަބަރު

ހުޅުމީދޫން މާދަމާ ކަރަންޓް ކަނޑަނީ

އައްޑޫ ސިޓީ ހުޅުދޫ

އައްޑޫ ސިޓީ ހުޅުދޫއާއި މީދޫން މާދަމާ ކަރަންޓް ކެނޑުމަށް ހަމަޖެހިއްޖެ އެވެ.

ފެނަކަ އިން ބުނީ އިންޖީނުގޭގައި ހުރި ޓްރާންސްފޯމަރެއްގައި މައްސަލަ ޖެހިފައިވާތީ އެ ޓްރާންސްފޯމަރު ބަދަލުކުރުމަށްޓަކާ މާދަމާ ހެނދުނު 8:30 އިން ފެށިގެން މަސައްކަތް ނިމެންދެން ހުޅުދޫއާއި މީދޫން ވަގުތީ ގޮތުން ކަރަންޓު ހިދުމަތް މެދުކެނޑޭނެ ކަމަށެވެ.

އަދި ކަރަންޓް ކެނޑޭ ވަގުތުތަކުގައި ބޭނުންކުރާ އިލެކްޓްރޯނިކް އަދި އިލެކްޓްރިކަލް ހުރިހާ ތަކެއްޗެއްގެ ސްވިޗް ނިއްވާފައި ބެހެއްޓުމަށް ވަނީ އެދިފަ އެވެ.

މީގެއިތުރުން ކަރަންޓު ހިދުމަތް މެދުކެނޑިފައި ހުންނަ ވަގުތުތަކުގައި ދިމާވެދާނެ ކަސްޓަމަރުންގެ ފަރާތުން ފެނަކަ އިން ވަނީ މައާފަށް އެދިފަ އެވެ.