Last Updated: July 25, 18:05
Sunday, July 26, 2026
ޚަބަރު

ގެއެއްގައި ރޯވެ ދެމަފިރިޔަކު ފިހިއްޖެ

އއ. ރަސްދޫގ ގެއެެއްގައި ރޭ ރޯވެ ދެމަފިރިއަކު ވަރަށް ބޮޑަށް ފިހިއްޖެއެވެ.

އެ ހާދިސާއާ ގުޅިގެން އެ މީހުން މާލެ ގެންގޮސް މިހާރު ފަރުވާ ދެމުން އަންނަނީ އައިޖީއެމްއެޗްގަ އެވެ. އެ ހޮސްޕިޓަލުން ބުނި ގޮތުގައި ދެމަފިރިންގެ ހާލު ވެސް ސީރިއަސް ކަމަށެވެ.

ފުލުހުން އަށް ބުނީ އެ ދެމަފިރިން ގައި ރޯވިކަމުގެ މައުލޫމާތު ލިބުނީ ރޭ ދަންވަރު 23:15 ހާއިރު ކަމަށެވެ. އެ ހާދިސާ ފުލުހުން ތަހުގީގު ކުރަމުން އަންނަ އިރު، އިތުރު ތަފުސީލެއް ނުދެ އެވެ.

އެނގިފައިވާ ގޮތުގައި ރޯވެފައި ވަނީ ދެމަފިރިން އުޅުނު ކޮޓަރީގަ އެވެ.