Last Updated: July 25, 10:51
Saturday, July 25, 2026
ޚަބަރު

ފުލުހުން ލޭ ހަދިޔާ ކުރަނީ

ފުލުހުން ލޭ ހަދިޔާ ކުރުމުގެ ޕްރޮގްރާމެއް ފަށައިފި އެވެ.

އިއްުޔެ އިން ފެށިގެން މި މަހުގެ 27 އަށް ކުރިއަށް ގެންދާ މި ޕްރޮގްރާމަކީ މި މަހުހެ 29 ވަނަ ދުވަހު ފާހަގަކުރާ ފުލުހުންގެ 92 ވަނަ އަހަރީ ދުވަހާ ދިމާކޮށް ފުލުހުންގެ ޚިދުމަތުގައި މަސައްކަތް ކުރާ ހުރިހާ މުވައްޒަފުންނަށް ހުޅުވާލައިގެން، ފުލުހުންގެ ޚިދުމަތުގެ ވޯކްފޯސް ހެލްތު އެންޑް ވެލްބީން އިން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

އަދި މިއީ ތެލަސީމިއާ ކުދިންނަށް ލޭ ހޯދުމުގައި ލުއި ފަސޭހަ ގޮތްތަކެއް ގާއިމުކުރުމުގެ މަގުސަދުގައި ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށް ފުލުހުން ނުންޏެވެ.

ލޭ ހަދިޔާކުރުމުގެ މި ޕްރޮގްރާމް ކުރިއަށް ދަނީ ނެޝަނަލް ތެލެސީމިއާ ސެންޓަރުގަ އެވެ.

ފުލުހުން މީގެ ކުރިން ވެސް އެކި ފަހަރު މަތިން ލޭ ހަދިޔާކުރުމުގެ ޕްރޮގްރާމްތައް ކުރިއަށް ގެންގޮސްފައިވެ އެވެ.