Last Updated: June 8, 20:40
Monday, June 8, 2026
ޚަބަރު

ޑިއުޓީ ފްރީން ގެންދަން އުޅުނު ސިނގިރެޓްތަކެއް އަތުލައިގެންފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ ޑިޕާޗާ ޑިއުޓީ ފްރީން ސިނގިރޭޓު ކާޓަންތަކެއް ބޭރުކުރަން އުޅެނިކޮށް އަތުލައިގެންފި އެވެ.

ކަސްޓަމްސް އިން ސޯޥޝަލް މީޑިއާ ޕޯސްޓެއްގައި ބުނީ ޑަސްބިން ކޮތަޅުތަކެއްގައި ސިނގިރެޓް ކާޓަންތަކެއް ނެރެގެން ގެންދަން އުޅުނު މައްސަލަ މިހާރު ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް އިތުރު ތަފުސީލެއް ނުދެ އެވެ.

އެކަމަކު ބައެއް މީޑިއާތަކުގައި ބުނީ އެ ސިނގިރެޓް ކާޓަންތަކެއް ގެންދަން އުޅުމުގައި ހަރަކާތްތެރިވީ ފުލުހެކެވެ.