Last Updated: July 26, 06:31
Sunday, July 26, 2026
ރިޕޯޓް

ލައިލަތުލް ޤަދްރި ހާސިލުވިކަން އެނގޭނީ ކިހިނެއް؟

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.

ނަބިއްޔާ صلى الله عليه وسلم ޚަބަރުދެއްވާފައިވާ ގޮތުގައި އެ ދުވަހުގެ ހެނދުނު އިރުއަރާއިރު އިރުގެ ދޯދި ނުހުންނާނެ އެވެ. މާތް ޞަޙާބީ ޢުބައްޔު ބުން ކަޢުބު رضي الله عنه ގިނަ އަހަރުތަކެއް ވަންދެން އެރޭ ދެނެގަތުމަށް ފާރަވެރިވެވަޑައިގަތެވެ. ފަހެ އެކަލޭގެފާނަށް ފެނިވަޑައިގަތީ 27 ވަނަ ދުވަހު ހެނދުނު އިރު އަރާއިރު އޭގައި ދޯދި ނުހުންނަ ކަމަށެވެ.

މި ޢަލާމަތުގެ ސަބަބުން، އެ ރެއަކީ 27 ވިލޭރޭ ކަމަށް އެކަލޭގެފާނު ހުވާކޮށްފައި ބުނެ އެވެ.

ނަމަވެސް [މި މައްސަލައިގައި] ރަނގަޅު ގޮތަކީ އެހެން ރެއަކު ވެސް އެރޭ ވެދާނެކަމެވެ. ގިނަ އަހަރުތަކެއްގައި 27 ވިލޭރޭ އެރެއަށް ވެދާނެ އެވެ. އެހެން އަހަރުތަކެއްގައި 21 ވިލޭރޭ ނުވަތަ 23 ނުވަތަ 25ނުވަތަ އެހެން ރެއެއްގައިވެސް ވެދާނެ އެވެ. ފަހެ ރައްކާތެރިގޮތަކީ ހުރިހާ ރެއެއްގައި ވެސް ވަރުގަދަ ޢަޒުމަކާ އެކު ގަދައަޅާ މަސައްކަތްކުރުމެވެ. جزاكم الله خيرا

މަސްދަރު: ދިސަލަފިއްޔާ