Last Updated: May 9, 17:56
Friday, May 9, 2025
ދުނިޔެ

މިޔަންމާ އާއި ތައިލެންޑަށް ބާރުގަދަ ބިންހެލުމެއް

މިޔަންމާ އާއި ތައިލެންޑަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ އެވެ.

އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭއިން ބުނެފައިވާ ގޮތުގައި މިޔަންމާއަށް އައިސްފައިވަނީ 7.7 މެގްނެޓިއުޑްގެ ބާރުގަދަ ބިން ހެލުމެކެވެ. މި ބިންހެލުމުގައި މިޔަންމާގެ ވެރިރަށް ނޭޕިޑޯގެ މަގުތައް ހަލާކުވެ، އިމާރާތްތަކަށް ގެއްލުންވެފައި ވާއިރު ގިނަ އަދަދެއްގެ ބަޔަކު ވަނީ ހޮސްޕިޓަލަށް ގެންގޮސްފަ އެވެ.

މި ބިންހެލުމުގެ އަސަރު ތައިލެންޑުގެ ވެރިރަށް ބެންކޮކަށް ވެސް ކޮށްފައިވާއިރު، ބެންކޮކްގެ ބައެއް އިމާރާތްތައް ވަނީ ބިމާ ހަމަވެފަ އެވެ. އޭގެ ތެރޭގައި ބެންކޮކްގައި ހަދަމުން ދިޔަ 30 ބުރީގެ އުސް އިމާރާތެއް ވެސް ހިމެނެ އެވެ. އެ އިމާރާތުގެ ދަށުގައި 43 މީހަކު ތާށިވެފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

މި ބިންހެލުމުގައި މީހަކު މަރުވި ކަމަށް މިހާތަނަށް ރިޕޯޓުކޮށްފައި ނުވާއިރު، ބެންކޮކްގައި މިހާރު ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފަ އެވެ.

ތައިލެންޑްގެ ވެރިރަށް ބެންކޮކަކީ ދިވެހިންގެ ގިނަ ބަޔަކު ދިރި އުޅޭ ސިޓީއެކެވެ.