Last Updated: June 8, 21:45
Monday, June 8, 2026
ޚަބަރު

މާމެންދޫ އިހްތިސާސްގެ ތެރެއަށް ހުޅިމެންދޫ

ގއ. މާމެންދޫގެ އިޚްތިޞާޞްގައި އެ އަތޮޅު ހުޅިމެންދޫ ހިމަނައިފި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އެމިގޮތަށް ނިންމެވީ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 1-56 ވަނަ މާއްދާގެ (ހ) އިން، ރާއްޖޭގެ އެންމެހައި އިދާރީ ދާއިރާތަކުގައި ހިމެނޭ ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލްތަކުގެ އިޚްތިޞާޞް ކަނޑައެޅުމަށް ރައީސުލްޖުމްހޫރިއްޔާއަށް މަތިކޮށްފައިވާ މަސްއޫލިއްޔަތުގެ ދަށުން، އެމަނިކުފާނު ޤަރާރަކުންނެވެ.

އެ ގަރާރު މިހާރު ވަނީ ސަރުކާރުގެ ގެޒެޓުގައި ވެސް ޝާއިޢުކޮށްފަ އެވެ.