Last Updated: May 8, 06:04
Wednesday, May 8, 2024
ޚަބަރު

ސްކޫލް ކުއްޖަކު ދުއްވި ކާރެއް ރުކަކަށް އަރައިފި

ހަންކެޑެ ބްރިޖް ސަރަހައްދުގައި ހިނގި އެކްސިޑެންޓް. ފޮޓޯ: ޝިމް ބެއްޔާ

އައްޑޫ ސިޓީ، ލިންކް ރޯޑްގައި ލިންކް ރޯޑްގައި ސްކޫލް ކުއްޖަކު ދުއްވާފައި ދިޔަ ކާރެއް ރުކެއްގައި ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.

ފުލުހުންގެ މީޑިޔާ އޮފިޝަލް ވިދާޅުވި ގޮތުގައި މި އެކްސިޑެންޓްގެ މަޢުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މިއަދު ހެނދުނު 6:45 ހާއިރު ކަމަށާއި އެއެކްސިޑެންޓްގައި ކާރު ދުއްވަން އިން ކުއްޖާއަށް އަނިޔާއެއް ލިބިފައި ނުވާކަމަށެވެ.

އެކްސިޑެންޓާއި ބެހޭގޮތުން މައުލޫމާތު ހޯދާލުމަށް ހިތަަދޫ ހޮސްޕިޓަލަށް ގުޅި ނަމަވެސް އެފަރާތުގެ ބަހެއް އަދި ލިބޭގޮތް ވަނީ ނުވެފައެވެ.

މަރަދޫ އިން ހިތަދޫ އަށް ދިއުމަށް ދަތުރުކުރަމުން ދިޔަ ކާރު ހަންކެޑެ ބްރިޖް ސަރަހައްދުގައި ހުރި ރުކެއްގައި ޖެހުމުގެ ސަބަބުން ކާރުގެ ކުރީކޮޅަށް ވަނީ ވަރަށް ބޮޑަށް ގެއްލުން ވެފައެވެ.

މި އެކްސިޑެންޓް ހިނގި އިރު ކާރު ދުއްވަން އިނީ 18 އަހަރު ނުވާ ކުޑަކުއްޖެއް ކަމަށް ފުލުހުން މައުލޫމާތު ދެއްވައެވެ.

ހަންކެޑެ ބްރިޖް ސަރަހައްދުގައި ހިނގި އެކްސިޑެންޓް. ފޮޓޯ: މިސްބާހް މުހައްމަދު
ހަންކެޑެ ބްރިޖް ސަރަހައްދުގައި ހިނގި އެކްސިޑެންޓް. ފޮޓޯ: މިސްބާހް މުހައްމަދު

'އައްޑޫލައިވް' އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ކާރު ދުއްވަން އިން ކުއްޖާއަކީ އައްޑޫ ހައި ސްކޫލްގެ ގްރޭޑް 11 ގައި ތައުލީމް ހާސިލް ކުރަމުންދާ ކުއްޖެކެވެ. އޭނާ ސްކޫލަށް ދިއުމަށް ކާރުގައި ގޮސްފައިވަނީ ބެލެނިވެރިންނަށް ނޭނގި ކަމަށް ވެއެވެ.