Last Updated: June 8, 21:45
Monday, June 8, 2026
ޚަބަރު

ކޮފީފުޅިތަކެއް ވަގަށް ނެގި މީހަކު ހައްޔަރުކޮށްފި

މާލޭގެ ފިހާރައަކުން ކޮފީ ފުޅިތަކެއް ވަގަށް ނެގި މީހަކު ހައްޔަރުކޮށްފި އެވެ.

އެ މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ ގދ. ގައްދު އަށް ނިސްބަތްވާ 43 އަހަރުގެ ފިރިހެނެކެވެ. ދިފަ ފުޅި ކޮފީ ވަގަށް ނެގި މައްސަލައާ ގުޅިގެން އޭނަ ހައްޔަރުކޮށް ބަންދާ މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ބަންދަށް ވަނީ 7 ދުވަސް ޖަހައިފަ އެވެ.

އޭނަގެ ބަންދު އަމުރުގައިވާ ގޮތުން އެ މީހާ އަކީ މިހާތަނަށް ބަންދުގެ 40 ރެކޯޑް އޮތް މީހެެކެވެ.