ކުރިން ވެސް ބޮލީވުޑްގެ ފިލްމުތަކެއް ކުޅެފައިވާ ޕާކިސްތާންގެ މަޝްހޫރު އެކްޓަރު ފަވާދު ޚާންގެ އާ ބޮލީވުދް ފިލްމު "އަބީރް ގުލާކް" އަންނަ މަހު ރިލީޒް ކުރަން ނިންމައި، އޭގެ ޓީޒާއެއް މިއަދު ދައްކާލައިފި އެވެ.
ވާނީ ކަޕޫރް ބަތަލާގެ ރޯލު ކުޅެފައިވާ ފިލްމު ސިނަމާތަކަށް ގެންނަން ނިންމީ އަންނަ މަހުގެ 9 ގަ އެވެ. މީޑިއާތަކުން ކުރިން ރިޕޯޓްކޮށްފައިވާ ގޮތުގައި "އަބީރް ގުލާލް" ގައި ފަވާދު ކުޅެފައި ވަނީ ޝެފެއްގެ ރޯލެވެ.
މި ފިލްމު އަންނަ މަހުގެ 9 ގައި ގެނެސްދޭ އިރު، އަޖޭ ދޭވްގަނާ އެކު ވާނީ ކުޅެފައިވާ "ރެއިޑް 2" އަންނަ މަހުގެ 1 ގައި ސިނަމާތަކަށް އަންނާނެ އެވެ.
އިނގިރޭސިވިލާތުގައި އެއްކޮށް ޝޫޓްކޮށްފައިވާ "އަބީރް ގުލާލް" އަކީ އާރްބީ ބަގްޅީ ޑައިރެކްޓްކޮށްފައިވާ ރޮމޭންޓިކް ކޮމެޑީއެކެވެ.
ފަވާދު ކުރިން ކުޅުނު ހިންދީ ފިލްމުތަކަކީ 2014 ގެ "ހޫބްސޫރަތު" އާއި 2016 ގެ "ކަޕޫރް އެންޑް ސަންސް" ގެ އިތުރުން އެ އަހަރުގެ "އޭ ދިލް ގެ މުޝްކިލް" އެވެ.