Last Updated: April 30, 09:24
Wednesday, April 30, 2025
ރިޕޯޓް

ރޯދަ ރަހަ: ގޯވާ ލެމަނޭޑް

* ބޭނުންވާ ތަކެތި:

4 ފޭރު
3 ލުނބޯ
2 ޖޯޑު ފެން
1/2 ހަކުރު
އައިކިއުބްސް
1 ސަމުސާ ލޮނު
1/2 ޖޯޑު ސޮޑާ ވޯޓާ

* ތައްޔާރު ކުރާނެ ގޮތް:

މެ ފުރަތަމަ ފޭރު ކުދިކޮށް ކޮށާލުމަށް ފަހު މިކްސްޗަރަށް އަޅާލާށެވެ. އަދި ފެން އެޅުމަށް ފަހު މިކްސްކޮށްލާށެވެ. ދެން ފުރާނާލާފައި ތައްޓަކަށް އަޅާފައި ބަހައްޓާށެވެ.

އެއަށް ފަހު ލުނބޯ ފެލައިލާށެވެ. ދެން ލުނބޯހުތާއި ހަކުރާއި ފެނާއި ލޮނާ މިސްކުރި ފޭރުކޮޅު މިކްސްޗަރަށް އެޅުމަށް ފަހު ރަނގަޅަށް ގިރައިލާށެވެ.

ދެން ޖޯޑަކަށް އެޅުމަށް ފަހު ސޮޑާ ވޯޓާ އާއި އައިސް ކިއުބް އެއަށް އަޅާނީ އެވެ.