Last Updated: July 26, 06:31
Sunday, July 26, 2026
ރިޕޯޓް

ބިސްމިއާ ނުލައި ތައުބާ ސޫރަތް؛ ޙިކުމަތަކީ މިއީ!

ޤުރުއާނުގައިވާ ކޮންމެ ސޫރަތެއްގެ ފެށުމުގައި ‏”‏بسم الله الرحمن الرحيم‏” މިފަދައިން އައިސްފައިވެ އެވެ. ތައުބާ ސޫރަތް ފިޔަވައެވެ. ފަހެ މިކަމުގައި ޢިލްމުވެރިން ދެޖަވާބެއް ދެއްވާފައިވެ އެވެ.

ފުރަތަމަ ޖަވާބު:

ތައުބާ ސޫރަތަކީ (އޭގެ ކުރީގައިވާ) އަންފާލު ސޫރަތް ފުރިހަމަ ކުރުމަށްޓަކައިވާ ސޫރަތެކެވެ. އެހެންވެ އެސޫރަތް ފެށޭ އިރުގައި ‏”‏بسم الله الرحمن الرحيم‏”އައިސްފައި ނުވަނީއެވެ. އެހެނީ އެއީ އަންފާލު ސޫރަތް ފުރިހަމަ ކުރުމަށްޓަކައިވާ ސޫރަތަކަށްވާތީ އެވެ.

ދެވަނަ ޖަވާބު:

ތައުބާ ސޫރަތުގައި ބިސްމި އައިސްފައި ނުވަނީ، އެހެނީ ހަމަކަށަވަރުން އެސޫރަތުގައި ޛިކުރު ކުރެވިފައި ވަނީ ޖިހާދާއި ކާފަރުންނާ ހަނގުރާމަކުރުމުގެ ވާހަކަ އެ. އަދި އެ ސޫރަތުގައި މުނާފިޤުންނަށްވާ ވަޢީދުގެ ބަސްފުޅުތަކާއި އަދި އެމީހުން ފަޟީޙަތްކުރައްވާފައިވާ ގޮތް ބަޔާން ކުރެވިފައިވެ އެވެ. އަދި އެ މީހުންނަށް ހުރި އިހާނެތިކަމުގެ ވާހަކަ ބަޔާން ކުރައްވާފައިވެ އެވެ. އަދި ‏”‏بسم الله الرحمن الرحيم‏”މިއީ،އޭގައި ރަޙުމަތުގެ ވާހަކަ ނަންގަނެވިފައިވާ ކަލިމަތަކެކެވެ. އަދި މި މަޤާމުގައި (ތައުބާ ސޫރަތުގައި) ބަޔާންކުރެވިފައިވަނީ ޖިހާދުކުރުމާއި މުނާފިޤުންގެ ސިފަތަކުގެ ވާހަކައެވެ. އަދި މިއީ ރަޙުމަތުގެ މަޤާމެއް ނޫނެވެ. އަދި ކިއެއް ހެއްޔެވެ. މިއީ ވަޢީދާއި ބިރުދެއްކުމުގެ މަޤާމެކެވެ.

އެހެންވެގެން އެ ސޫރަތުގެ ފެށުމުގައި ‏”‏بسم الله الرحمن الرحيم‏”ޛިކުރު ކުރެވިފައި ނުވަނީ އެވެ.

فضيلة الشيخ صالح بن فوزان الفوزان

މަސްދަރު: ދިސަލަފިއްޔާ