މާދަމާ ހަވީރު އައްޑޫ ސްޓޭޑިއަމްގައި ފަށާ ޕްރެޒިޑެންޓް ކަޕްގައި ވާދަކުރުމަށް މިވަގުތު އައްޑޫއަށް އައިސްފައިވާ ވިކްޓްރީ ސްޕޯޓްސް ކްލަބާއި މީދޫ ފުޓްބޯޅަ ޓީމް ކުޅުނު އެކުވެރިކަމުގެ މެޗް 4-0 ލަނޑުން ވިކްޓްރީ ކާމިޔާބް ކޮށްފިއެވެ.
މީދޫ ޒުވާނުންގެ ފަރާތުން އެދުނު އެދުމަކަށް މެޗް ކުޅުމަށް ވިކްޓްރީ މީދޫއަށް ގޮސްފައިވަނީ މިއަދު ހެނދުނުއެވެ. ޓީމް މީދޫ ބަނދަރަށް ފޭބުމުން މަރުހަބާ ކިޔާފައިވަނީ ޝަރީފީ ޕްރީ ސްކޫލްގެ ތުއްތު ތުއްތު ކުދިން ކޮޅެކެވެ.
ވިކްޓްރީގެ އިސް އޮފިޝަލަކު މިރޭ "އައްޑޫލައިވް"އަށް ބުނީ، މީދޫ އާއި އެކު މިއަދު ހަވީރު ކޫލުނު މެޗްގައި، ރަށުގެ ރައްޔިތުންގެ ފަރާތުން ލިބުނީ ހީވެސް ނުކުރާ ފަދަ ފުރިހަމަ މެހްމާން ދާރީއެއް ކަމަށެވެ.
"މެޗް ފެށުނީއްސުރެ ނިމެންދެން ސަޕޯޓްގެ އަޑު ނުކެޑޭ، ވަރަށް ފޯރިގަދަ، މެޗެއް ކުޅުނީ. މެޗް ނިމުމާއި އެކު ވަރަށް ފުރިހަމަ ސަޔެއް ތައްޔާރު ކުރި. ވަރަށް އުފާވި ސަޕޯޓާއި މެދު"
މިނިވަން 50 ޗެމްޕިއަންޝިޕްގައި ވާދަ ކުރާ މީދޫ ޓީމުން އަންނަނީ ކްލަބް ވެލެންސިއާ އާއި އެކުވެސް އެކުވެރިކަމުގެ މެޗެއް ކުޅުމަށް މަސައްކަތް ކުރަމުންނެވެ.