Last Updated: June 8, 21:45
Monday, June 8, 2026
ޚަބަރު

މީހުންގެ އަބުރާ ބެހޭ މީހުން ވެސް ފަޟީހަތް ވާނެ

މީހުންނާ ބެހޭ ގޮތުން ދޮގު ހަދައި އަބުރާ ބެހި ދިމާކޮށް ފުރައްސާރަކޮށް ފަޟީޙަތްކޮށް އުޅޭ ނަމަ، ތިމާ ވެސް އެފަދަ ކަމަކާ ކުރިމަތިލާން ޖެހޭ ހާލަތު އަންނާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމު އަލީ ސައީދު ވިދާޅުވެއްހެ އެވެ.

"އެއްވެސް އަނިޔާވެެރިޔަކަށް އޭނާ ކުރާކަންކަމާ ކުރިމަތި ނުލައި މި ދުނިޔެއިން ވަކިވެގެން ނުދާނެކަން ކަށަވަރު." މިނިސްޓަރު ވިދާޅުވި އެވެ.

ޝަހީމު ވިދާޅުވީ އެއީ ފިޠުރަތުގެ ގާނޫނު ކަމަށެވެ.