Last Updated: July 25, 09:20
Saturday, July 25, 2026
ޚަބަރު

ކުއްޖަކަށް ޖިންސީ ގުނަވަން ދެއްކި މީހަކު ހައްޔަރުކޮށްފި

ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގުނަވަން ދެއްކި ކަމުގެ ތުހުމަތުގައި ފިރިހެނަކު ހައްޔަރުކޮށްފި އެވެ.

އެކަމާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ރާއްޖޭގެ އެންމެ އުތުރުގެ އަތޮޅަކަށް ނިސްބަތްވާ ރަށެއްގެ މީހެކެވެ. އަދި އެ މީހާ އަކީ ކުއްޖާގެ ގެއަށް ގޮސް އުޅޭ އެ ގޭގެ މީހުންނާ ގާތް ގުޅުމެއް އޮންނަ މީހެއް ކަމަށް އެނގިފައިވެ އެވެ.

އެގޮތުން އެ މީހާ އެކި ދުވަސް މަތިން ކުއްޖާއަށް އެކި ތަންތަނުގައި ޖިންސީ ގުނަވަން ދައްކާފައިވާ ކަމަށް ވެސް އެނގިފައިވެ އެވެ.

މި މައްސަލަ ތަހުގީގު ކުރަމުން ދިޔަ ނަމަވެސް މިކަމާ ގުޅޭ ގޮތުން އެއްވެސް އެއްޗެއް ނުބުނެ އެވެ.