Last Updated: June 8, 15:03
Monday, June 8, 2026
ޚަބަރު

ލޯންޗެއްގައި ރޯވެ އަޑިއަށް ހިނގައްޖެ

އއ. ހިމަންދޫގެ ފަޅުތެރޭގައި އޮތް ލޯންޗެއްގައި ރޯވެ، އަޑިއަށް ހިނގައްޖެ އެވެ.

ރޯވީ މާލެ އާއި އއ. އަތޮޅާ ދެމެދު މާލެ ދަތުރުކުރާ 50 މީހުންގެ ޖާގައިގެ 'ކައެލް ވިންގް' ކިޔާ ލޯންޗެއްގަ އެވެ.

ލޯންޗުގައި ރޯވީ ފަތިހުގެ ވަގުތެއްގައެވެ. އެނގިފައިވާ ގޮތުގައި އޭގައި ރޯވީ މިއަދު ހެނދުނު ފުރަން ތައްޔާރުވެފައި ވަނިކޮށެވެ.

ލޯންޗުގައި ރޯވިތާ ކުޑައިރުކޮޅެއްގެ ތެރޭގައި ލޯންޗު އަނދައި ހުލިވެ ވަނީ ފަޅުތެރެއަށް އަޑިއަށް ގޮސްފައިވާ އިރު، މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައެއް ނުވެ އެވެ.

ހިމަންދޫގައި ލޯންޗެއް އަޑިއަށް ދިޔަ އިރު އިއްޔެ ރޭ "ހޮޅުދޫ ބޯޓް" ގައި ރޯވެ ވަނީ އަޑިއަށް ގޮސްފަ އެވެ. އެ ހާދިސާގައ ގެއްލުނު ޒުވާނަކު ހޯދުމުގެ މަސައްކަތް ވެސް ސިފައިން އަންނަނީ ކުރަމުންނެވެ.