ސަރުކާރުން ކުރިން ނިންމި ގޮތަށް މިމަހުގެ 20،21، 22 އަދި 27 ވަނަ ދުވަސް އީދު ބަންދުގެ ތެރެއަށް އިތުރުކޮށްފިއެވެ.
ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް މުއާޒް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަންނަ ހަފުތާގެ އާދިއްތަ، ހޯމަ، އަންގާރަ އަދި އީދާ ގުޅިގެން މި މަހުގެ 27 ވަނަ ދުވަސް ވެސް ބަންދުވާނެ ކަމަށެވެ. އޭނާ ވިދާޅުވީ އެގޮތަށް ބަންދު ދުވަސްތައް އިތުރުކުރީ "ރައްޔިތުންގެ ލުއި ފަސޭހަށްޓަކައި" ކަމަށެވެ.
\ރައީސް އޮފީހުން އިއްޔެ ބުނެފައި ވަނީ 20، 21 އަދި 22 އަކީ ރަސްމީ ދުވަސްތަކެއް ކަމަށް ރައީސް ކަނޑައަޅުއްވާފައިވާ ކަމަށެވެ.
އެގޮތަށް އިއްޔެ ރައީސް އޮފީހުން އިއްލާން ކުރުމާއި ގުޅިގެން ގިނަ ބައެއްގެ ފާޑު ކިއުންތައް ސަރުކާރާއި، ރައީސްއަށް ވަނީ އަމާޒުވެފައެެވެ.
އަންނަ ހަފްތާގެ ބަންދު ދުވަސްތަކަށް ސަރުކާރުން ގެނައި ބަދަލާ ގުޅިގެން މުޅި ހަފްތާގައި ސަރުކާރު ބަންދުވާނެ އެވެ. އަދި ބަންދު ދުވަސްތަކުގެ ގޮތުގައި ހުކުރު ދުވަހުން ފެށިގެން ޖުމްލަ 10 ދުވަސް ޗުއްޓީގެ ގޮތުގައި ސަރުކާރު މުވައްޒަފުންނަށް ލިބޭނެ އެވެ.