Last Updated: July 22, 18:06
Wednesday, July 22, 2026

ހިތަދޫގައި ފަތަން ދަސްކޮށްދޭ ޕްރޮގްރާމެއް ފުލުހުން ފަށައިފި

ހިތަދޫ ޕޮލިސް ސްޓޭޝަން: . ފޮޓޯ/ އައްޑޫ ލައިވް

އައްޑޫ ސިޓީ ހިތަދޫގައި ފަތަން ދަސްކޮށްދޭ ޕްރޮގްރާމެއް ފުލުހުން ފަށައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިއަދު ހެނދުނު ފެށި މި ޕްރޮގްރާމަކީ އައްޑޫ ސިޓީގެ ރަށްރަށުގެ އޮފީސްތަކުގައި މަސައްކަތްކުރާ މީހުންނާއި ސްކޫލްތަކުގެ ދަރިވަރުންނާއި ބެލެނިވެރިންނަށް ފަތަންދަސްކޮށް ދިނުމުގެ ބޭނުމުގައި ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

ހިތަދޫ އަށް ހާއްސަކޮށްގެން 20 ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދާ މި ޕްރޮގްރާމްގައި 35 މީހުން ބައިވެރިވެއެވެ. ހެނދުނާއި ހަވީރު ކުރިއަށް ގެންދާ މި ޕްރޮގްރާމް އައްޑޫ ސިޓީގެ އެހެން ރަށްތަކުގައި ވެސް ކުރިއަށް ގެންދާ ގޮތަށް ހަމަޖެހިފައިވާ ކަމަށް ވެއެވެ.

ފުލުހުންގެ އިޖުތިމާއީ ޒިންމާގެ ދަށުން ރައްޔިތުންނާ ގުޅުން ބަދަހިކޮށް ވަރުގަދަ ކުރުމަށް ހިންގާ މި ޕްރޮގްރާމް ކުރިއަށް ގެންދަނީ ހިތަދޫ "ފަސްގަނޑަ"(ޓްރެކް) ސަރަހައްދުގައެވެ.