Last Updated: June 8, 20:18
Monday, June 8, 2026
ޚަބަރު

ގުޅީ ބިން ހިއްކަން ފަށައިފި

ކ. ގުޅީ ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް އެމްޓީސީސީން ރޭ ފަށައިފި އެވެ.

އެ މަޝްރޫއުތައް ފައްޓަވައި ދެއްވީ މަސައްކަތް އަމަލީ ގޮތުން ފައްޓަވައި ދެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީ އެވެ.

މި މަޝްރޫއުގެ ދަށުން ގުޅިން 10.15 ހެކްޓަރުގެ ބިން ހިއްކާނެ އެވެ. އަދި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތުގެ ދަށުން 10,962 މީޓަރުގެ ބޮޑު ހިލައިގެ ރިވެޓްމަންޓާއި 362 މީޓަރުގެ ޖިއޯބޭގް ރިވެޓްމަންޓެއްގެ އިތުރުން 88 މީޓަރުގެ ގްރޮއިންސް ޖެހުމުގެ މަސައްކަތް ކުރާނެ އެވެ.

މަޝްރޫއުގެ އަގަކީ 89.63 މިލިއަން ރުފިޔާ އެވެ.