މިދިޔަ ރޯދަ މަހަށް ޚާއްޞަކޮށްގެން އެމްޑަބްލިޔުއެސްސީ އިން ކުރިއަށްގެން ދިޔަ ޕްރޮމޯޝަނުން އުމްރާ ދަތުރު ލިބުނު ތިން ނަސީބުވެރިން ހޮވައިފި އެވެ.
މާޗް 1-31 އަށް "އެކުވެރި ރޯދަ އުމުރާ 3 ދަތުރު" ގެ ނަމުގައި ކުރިއަށް ގެންދިޔަ ޕްރޮމޯޝަންގައި ފެން ކުންފުނީގެ އެޕް މެދުވެރިކޮށް ފެން ބިލުގެ އައުޓްސްޓޭންޑިން ދައްކައިގެން ގުރުއަތުން އުމްރާ ދަތުރު ލިބުނު ތިން ނަސީބުވެރުންނަކީ ދަފުތަރު ނަންބަރު ދރ 1672، ޝަމްރޫޒް އިބްރާހީމާއި ތ. ތިމަރަފުށި، އުދަރެސް މުޙައްމަދު ސަރާޙްގެ އިތުރުން ގ. ރަންދެލިގޭ، އަލީ ނާޒިމެވެ.
ޕްރޮމޯޝަންގައި ގުރުއަތުން ހޮވުނު ނަސީބުވެރިން އިއުލާންކުރާ ތާރިހުން ފެށިގެން އަހަރު ދުވަހުގެ ތެރޭގައި އުމްރާ ދަތުރުގެ ބޭނުންކުރަން ޖެހެ އެވެ. އަދި އުމްރާ ދަތުރު ލިބުނު ފަރާތަށް އެ ދަތުރު ބޭނުން ނުކުރެވޭ ނަމަ އެހެން މީހަަކަށް ބަދަލުކުރުމުގެ ފުރުސަތު ވެސް ދޭނެ އެވެ.
މި ޕްރޮމޯޝަންގެ ގުރުއަތުގައި ބައިވެރިކޮށްފައި ވަނީ އެޕުން ބިލު ދައްކަވާފައިވާ އެއްވެސް އައުޓްސްޓޭންޑިންއެއް ނެތް ކަސްޓަމަރުންނެވެ.