Last Updated: June 8, 21:45
Monday, June 8, 2026
ޚަބަރު

ބޭރުގެ މުބާރާތަކަށް ރާޒުވާ ކޯޗެއް ހޯދަނީ

ރާއްޖެ އިން ބޭރުގައި އޮންނަ މުބާރާތެއްގައި ވާދަކުރާ ރާއްޖޭގެ ރާޒުވާ ޓީމަށް ތަމްރީނު ދޭނެ ކޯޗެއް ހޯދަން އިއުލާންކޮށްފި އެވެ.

މޯލްޑިވްސް ޗެސް އެސޯސިއޭޝަނުން ބުނީ ކޯޗެއް ހޯދަނީ "ވެސްޓާން އޭޝިއަން ޖޫނިއާ ޗެސް ޗެމްޕިއަންޝިޕް 2025" ގައި ވާދަކުރާ ޓީމެއް ކަމަށެވެ. މި މުބާރާތް އޮންނާނީ މި އަހަރުގެ ޖޫން 4-11 އަށް ސްރީ ލަންކާގަ އެވެ.

އެހެންވެ ކޯޗްކޮށް ދޭން ޝައުގުވެރިވާ ރާޒުވާ ކޯޗުންނަށް އެޕްލައި ކުރުމުގެ ފުރުސަތު އޮތީ ހުޅުވާލައިފަ އެވެ. ޝައުގުވެރިވާ ކޯޗުން އީމެއިލް ކުރަން ޖެހެނީ މި [email protected] މެއިލަށެވެ. އަދި މިކަމާ ބެހޭ އިތުރު މައުލޫމާތު 7310073 އިން ހޯދޭނެ އެވެ.